މިހާރު ރައްޔިތުންގެ މަޖިލީހުން އިވެމުންދަނީ ސައްސަތައިންސައްތަ މުސްލިމު ޤައުމެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދައްކައިގެން ވާނެ ވާހަކަތަކެއްނޫނެވެ. އެއީ ޖިންސީ ގޯނާއަކީ ހަމައެކަނި ކުޑަކުދިންނަށް ކުރުން މަނާ އެއްޗަކަށް ހަދަން އުޅޭ މަންޒަރެވެ. މިއީ ވަރަށް ދެރަކަމެކެވެ. ދިވެހި ޤައުމުގައި މިއަދު ބަދުއަޚްލާޤީ އަދި ލާއިންސާނީ ޢަމަލުތައް ދަނީ ގިނަވަމުންނެވެ. ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު ރުކުން ކަމުއިގައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ކޮބައިބާއެވެ؟ ބިލެއްފާސް ކޮށްލުމުން ނިމުނީހެއްޔެވެ؟ ތިޔަވިދާޅުވާ 21 ޤަރުނުގެ ސިކުނޑިތައް ތިވަނީ ޤައުމު ޙިމާޔާތްކުރުމަށް ނުކުޅެދިފައެވެ. މިފަދަ ކަންތައްތަކުން ހަމައެކަނި ކުޑަކުދިން ހިމާޔާތް ކުރެވުނީމާ ނިމުނީތޯއެވެ؟ އަނެއްކާ 18 އަހަރުން މަތީގެ މީހުންނަށް ހުއްދައީބާއެވެ؟ އިސްލާމްދީނަކީ ބޯދާ ދީނަކަށްވާނީ ދުނިޔޭގެ ތަންދޮރު ނުދަންނަ މީހުންނަށެވެ. ކީރިތި ޤުރުއާން ކަމުނުދަނީ ޖާހިލުންނަށެވެ. އިސްލާމްދީނުގެ އަދުއްވުންވެސް އިސްލާމްދީނާއި ކީރިތި ޤުރުއާނުގައިވާ ޚަބަރުތަކުން އަޖައިބުވެއެވެ. އަދި ގިނަބަޔަކު ދީނަން ވަންނަމުންދެއެވެ. އެބައިމީހުން ކީރިތި ޤުރުއާނުން ފައިދާ ހޯދައެވެ. އެއީ ހަމައެކަނި ޤަދީމީ އާޘާރީ ތަރިކައިގެ ޚަބަރުތަކެއްނޫނެވެ. ތިޔަބޭފުޅުން ތިޔަވިދާޅުވާ 2020 ގެ ސައިންސުގެ ހޯދުންތަކެވެ. އެހެންވީމާ ކީރިތި ޤުރުއާން ފަދަ މަތިވެރި އަސާސެއްގެ މައްޗަށް ބިނާވެފައިވާ ދީނަކަށް ބޯދާ ކަންތައްތަކެކޭ ކިޔޭނެތޯއެވެ؟ އަޅުގަނޑު ދަންނަވާނީ އިސްލާމްދީނަކީ ބޯދާ ދީނެކޭ ވިދާޅުވާބެފުޅުން ތިޔަ ގެންގުޅުއްވަނީ އިސްލާމްދީން އައުމުގެ ކުރީގެ ބޯދާފިކުރު ތަކެވެ. ތިޔަ ފިކުރުތައް އަޅުގަނޑުމެންގެ ތެރޭގައި ވިއްކަވަން ގަސްތުކުރެއްވުމަކީ "ފޫނެއްފަޔަށް ފެންފުރުން" ކަހަލަ ކަމެކެވެ. މިފަދަ މީހުންގެ ކިބައިން މަޖިލިސް ސަލާމަތް ކުރަމާތޯއެވެ
Showing posts with label siru. arts. Show all posts
Showing posts with label siru. arts. Show all posts
Thursday, March 26, 2009
Subscribe to:
Posts (Atom)

