ބޮކެއް ފެންއެއްޗެކަށް ލުމަށްފަހު މަޑުމަޑުން ހޫނުކުރަމުން ގޮސް އެބޮއް މަރާލެވިދާނެއެވެ. ނަމަވެސް ބޮކެއްް، ހޫނުކޮން ހުރި ފެންއެއްޗެކަށް ލައިފިނަމަ އޭތި ވަގުތުން ފެންއެތިން ބޭރަށް ފުންމާލާނެއެވެ. އަހަރެން މިކަން ތަޖުރިބާ އެއް ނުކުރަމެވެ. ނަމަވެސް އަހަރެން ކުޑައިރު މޫދުން މަސް ހިފައިގެން ގެނެސް އެމަސް ފެނަށް ދިރުވަމެވެ. ފުރަތަމަ ހަދާގޮތަކީ އެމަސް އިން ލޮނުފެންއެތި ތެރެއަށް ކުޑަ ފެންފޮދެއް އަޅަނީއެވެ. އެގޮތަށް ބެހެއްޓުމަށް ފަހު ޖެހިގެން އަންނަދުވަހު ފެން އިތުރު ކުރަމެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ފެނުގެ މިންވަރު އިތުރު ކުރަމެވެ. މިގޮތަށް ހަދަމުންގޮސް އެކީ އެމަސް ފެނަށް ދިރެއެވެ. ދެން އެމަސް މަސްޓޭންކަކަށް ނުވަތަ ވަޅަށްލަމެވެ. އެމަސް އެވަނީ ފެނަށް ހޭނިފައެވެ. އެމަހަށް ހީވަނީ ލޮނުގަ އުޅެވޭހެންނެވެ. ހަމަ މިގޮތަށް އިންސާނުން ވެސް އޭނާ އުޅޭ މާހައުލަށް ހޭނިގެން ދެއެވެ. އޭނާ އުޅޭ މާޙައުލުން ރަަނގަޅު ކަންކަމާއި ގޯސްކަންކަމަށް ސިފަތަށް އިންސާނާ ލިބިގަނެއެވެެ. ރަނގަޅު ގޯސްބަލާ އަޞްލު ތިލަފަތް އެބަހީ ޤުރުއާނާއި ސުންނަތް ދޫކޮށް، އެތިލަފަތަކީ ތިމާ އުޅޭ މުޖުތަމަޢުކަމަށް ގިނަމީހުން ބަލައެވެ. ނިއުރޮލިޖިސްޓުން ބުނާގޮތުން ވަކިކަހަލަ މެސެޖުތަކެއް ސިކުޑިއަށް ދީގެން ސިކުނޑި ވަކިގޮތަކަށް ޕްރޮގުރާމު ކުރެވިދާނެއެވެ. މިގޮތަށް ކުޑަކުދީންނަށް ތަފާތު މެސެޖްތައް ދީގެން އެކުދީން އަހަރެމެން ތަރުބިއްޔަތު ކުރަމުއެވެ. އެމެސެޖުތައް އެކުއްޖާ ލިބިގަންނަނީ އެކުއްޖާ އުޅޭ މާޙައުލުންނެވެ. މިމާޙައުލުގެ އެންމެ މުހިއްމު ތަރުބަވީ ވަޞީލަތަކީ ޚަބަރުފަތުރާ ވަޞީލަތްތަކެވެ. ނުވަތަ މީޑީޔާއެވެ. މީޑިޔާއަކީ އޭގެ ޒާތުގައި ވަަރަށް އަސަރުގަދަ އަދި ބާރުގަދަ އެއްވެކެވެ. ކުދީންގެ ތަރުބިއްޔަތު ބިނާވެފައިވާ އެންމެ ފުޅާ ދާއިރާއެވެ. އެކުދީންގެ ކާމިޔާބާއި ނާކާމިޔާބު ގުޅިފައިވަނީ މިދެން ނެވި ތަރުބިއްޔަތާއެވެ. ބައެއްފަހަރު ހައްޤާ ދުރުގޮތަކަށް ވެސް ތަރުބިއްޔަތު ކުރެވިދާނެއެވެ. އޭގެ ސަބަބުން އެކުއްޖާއަށް ހައްޤުކަމަށް އިޙްސާސް ވަނީ ހައްޤުނޫން ގޮތެެވެ. އަހަރެންމެން ތަރުބިއްޔަތުވި ގޮތުގެ މަތީތިބެ ދީނީ ބައެއް މައްސަލަތަކުގައި ބަހުސްކޮށް ހަދަނީ މަދު ފަހަރަކުނޫނެވެ. ދީނީ މައްސަލައެއްގެ ވާހަކަބުނާއިރަށް އަމިއްލައަށް ތިމާ ގެ ސިކުނޑި ތަރުބިއްޔަތު ވެފައިވާގޮތުގެ މަތީން ފަތުވާދީ ހަދަމުއެވެ. ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގައި ވަނީ ކީކޭތޯ ބެލުމެއްނެތިއެވެ. ބައެއްފަަހަރަށް ބުނެވެނީ އެހުކުމްތަށް އެހެން އެހުރީ އެއީ އެޒަމާން ވީމައެވެ. ﷲ އެއީ ވީކަންކަމާއި، ވޭވޭ ހުރިކަމާއި، ވާނެކަންތަން ދެނެވޮޑިގެންވާ ރަސްކަލާނގެ ކަންވެސް ހަދާން ނުވެއެވެ. އަހަރެންމެން މިހާރުވެސް މިގޮތަށް ތަފާތު މެސެޖުތައް ލިބިގަން ނަމުއެވެ. ކުޑަކުއްޖަކު އުފަންވަނީ ފިތުރަތުގެ ސާފުސީދާ ގޮތްމަތީގައި ކަމާއި އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިން ބަފައިން ކަމުގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
ޝައިތާނާ އިންސާނާ މަގުފުރައްދާލަނީ، ނުބައި ކަންކަން ރަގަނޅު ކަންކަމުގައި ދައްކައިގެންނެވެ. ނުވަތަ ނުބައި ކަންކަމުގެ ނައްތައް އަހަރެންމެން ރުހޭ ނަންނަމަށް ބަދަލު ކޮށްގެންނެވެ. މިސާލަކަށް ދީނަށް މަލާމާތްކުރުން އެއީ ގަލަމުގެ މިނިވަން ކަމަށް ވެއްޖެއެވެ. މިހާރު އަހަރެންމެންނަށް އިންޓަނެޓުގެ ބައެއް ސައިޓުތަކުން މިކަން ހާމަވެގެން ދެއެވެ. މުޖުތަމައެއްގައި ފާފަފަތައް ގިނަވެ، އެފާފަތަށް އަހަރެންމެންގެ ލޯތަކަށް ރީތިވެގެން ދެއެވެ. މިސާލަކަށް އައުރުނިވާ ނުކޮށް ހުރި އަންހެނަކު ފެނިއްޖެނަމަ ފުރަތަމަ ދުވަހު،ވަގުތުން އިސްދަށަށް ޖަހައެވެ. އަދި އެކަމަކީ ވަރަށް ބޮޑު ކަމަކަށް ވެގެން ދެއެވެ. ދެވަނަ ދުވަހު އެކަހަލަ އަންހެނެއް ފެނުމުން ހިތަން އަރަނީ ކުރީ ދުވަހުވެސް ފެނުނީ އެވެ. ފެނުނަސް މާ ބޮޑު ކަމެއް ނޫނެވެ. ތިން ވަނަ ދުވަހު ފެނުމުން އެއީ އެއްވެސް ކަމަކަށް ނުވެއެވެ. ފާފަތައް ފެނިފެނި ގޮސް އާދައަކަށް ބަދަލުވަނީއެވެ. މުޖުތަމައު ގައި ޖާހިލުކަން ފެތުރި ﷲ ބާވާލެއްވި ދީނާ މީސްތަކުން ދުރަށް ދަނީއެވެ. ފާފަތައް ޢާއްމުވާން ދިމާވާ ސަބަބަކީ ފާފަތަކާއި މުންކަރާތްތަން މަނާ ކުރާމީހުން މަދުވުމެވެ. މިސާލަކަށް މީހަކަށް މުންކަރާތަކަށް އަރައި ގަނެވި އެކަން އޭނަގެ ކިބައިން މަނާ ކުރާނެ މީހަކުނެއްނަމަ އެކަމަކީ ރަގަނޅު ކަމެން ކަމަށް އޭނައަށް ތަސައްވަރުވެއެވެ. މިގޮތަށް ގޮސް ޖާހިލުކަން ފެތުރިގެން ދެއެވެ.
އިންޓަނެޓުގައި މިހާރަކަށް އައިސް މިފެތުރިގެންދާ ވަބާ ފަތުރަނީ އިސްލާމް ދީނަށް ނިސްބަތްވާ މީހުންނެވެ. އިސްލާމްދީން ފެށުނީންސުރެ އިސްލާމުދީނަށް އެކި ސިފަސިފައިގާ މީހުން މަލާމާތްކޮށް ފުރައްސާރަކޮށް އުޅުނެވެ. ދީނަށް މަލާމާތާއި ފުރައްސާރަކުރުން މިހާރު މިއޮތީ އަހަރެންމެންގެ ދިވެހިރާއްޖޭގައި ވެސް ފެތުރިފައެވެ.
އިސްލާމްދީނުގެ ތާރީޚުގައި ފެށުނު އެންމެބޮޑު އެއް ބިދުއަ އަކީ ޤްރުއާނާއި ސުންނަތުގެ މައްޗަށް އިންސާނާގެ ބުއްދި އިސްކުރުމެވެ. ބައެއް ފަހަރު އަހަރެންމެންގެ ބުއްދިއަށް ނުވިސްނޭ ގޮތަކަށް އާޔަތެއް ނުވަތަ ހަދީސް އެއް ފެނިދާނެއެވެ. މިފަދަހާލަތް ތަކުގައި އެފަދަ މީހުން އެބައި މީހުންގެ ބުއްދި އިސްކުރެއެވެ. ތިބާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލަބަލާށެވެ. ތިބާ އަށް މިގޮތަށް ކަންތައް ކުރެވޭތޯއެވެ؟ ދުނިޔެ ފަސާދަ ވުމުގެ އެންމެބޮޑު ސަބަބަކީ ވަހީގެ މައްޗަށް އިންސާނާގެ ރައުޔު އިސްކުރުމެވެ. އަހަރެން އެއްވެސް ހާލެއްގައި ، އިންސާނާއަށް ﷲ ދެއްވާފައިވާ ބުއްދީގެ އަގު ވައްޓާލަނީކީ ނޫނެވެ. މާތް ﷲ ވަނީ އިންސާނާގެ ބުއްދީގެ ބޭނުންކުރަން އަންގަވާފައެވެ. އެކަލާނގެ އާޔަތް ތަކާއި މެދުވިސްނުމުގައެވެ. ދިރިއުޅުމުގެ ތަފާތު ކަންކަމުގައެވެ. އަދި އިސްލާމްދީނުގައި އިންސާނާގެ ބުއްދިއަށް ގެއްލުންދޭ ކަންކަން ވަނީ ހަރާމް ކުރައްވާފައެވެ. އަހަރެން މިދަންނަވަނީ އެބުއްދި ހެއްދެވިފަރާތުން އަހަރެމެން އުޅުމަށް ބާވާލެއްވި ޤާނޫނުގެ މައްޗަށް އެބުއްދި އިސް ނުކުރުމަށެވެ. ބުއްދި ބެހިގެން ދަނީ ދެބަޔަކަށެވެ. އެއީ ހިދާޔަތް ލިބިގެންވާ ބުއްދި، މިއީ މުއުމިނުންނަށް ލިބިގެންވާ ބުއްދިއެވެ. އަނެއް ބާވަތަކީ ކާފަރުން ނާއި މުސްލިމުން އޭގައި ޝާމިލުވާ ބުއްދިއެވެ. އެއީ ދިރިއުޅުމަށް ބޭނުންވާ ބުއްދިއެވެ.
އެއް ދުވަހަކު މީހަކު ގެރިމަސް ކޮށަން ހުއްޓާ ހިންދީ ދީނުގެ މެޑިކަލް ޑޮކްޓަރެއް އެތަނަށް އައެވެ. އޭނާއަށް އެތަން ފެނުމުން ލޮލުން ކަރުނައައިސް ރޮވުނެވެ. ވާނީވެސް އެހެންތާއެވެ. މިޔޮށްގެން ކޮށަނީ އޭނާގެ ކަލާނގެއެވެ. މިއީ މިދެންނެވި ދެބުއްދީގެ ހުރިތަފާތެވެ. ދީނުގެ ޙުކުމްތައް ތިމާގެ ބުއްދިއަށް ފެންނަ ގޮތަކަށް ނިންމާނަމަ ،ވުޟޫކުރާއިރު ޚުއްފުގެ މަތީފެން ފުހުމުގެ ބަދަލުގައި ފެން ފުހެން ޖެހޭނީ ޙުއްފުގެ ދަށުގައެވެ.
މިހާރަކަށް އައިސް ޤުރުއާނާއި ސުއްނަތުގެ މައްޗަށް އިސް ކުރެވޭ އަނެއް ކަމަކީ ސައިންސެވެ. އަހަރެން ސައިންސް ގަބޫލު ނުކުރަނީކީ ނޫނެވެ. މިފަދަ މީހުންގެ ކައިރީ ޤުރުއާނާއި ސުންނަތުން ދަލިލުގެނެސްފިނަމަ ބުނަނީ ތިއީ ނުޞޫޞްތަކަށް އަޅުކަން ކުރާބަޔެކެވެ. ސައިންސުގެ ހުރިހާ ހޯދުމަކީ އަދި ފެކްޓެއް ނޫނެވެ. ޕުލުޓޯއަކީ ޕުލެނެޓެއް ނޫންކަމަށް ދާދިފަހުން ސައިންސުވެރީން ވަނީ ބުނެފައެވެ. އަހަރެންމެން ކުޑައިރު ޕުލެނެޓުތައް ދަސްކުރީ ޕުލުޓޯ ހިމަނައިގެން ނެވެ. ޓެސްޓުތަކުގައި ޕުލެނެޓުތަކުގެ ނަން ނުލިޔެގެން ގެންލުނު މާރކްސް ތައް ހޯދަން މުޒާހަރާތް ކުރަމާ ހިގާށެވެ. މާލޭގެ އަހަރެންގެ ރަށްޓެއްސެއް އަހަރެން ކައިރީ ބުނި ވާހަކަ އަކީ އަޞްލު ޖިބުރީލުގެފާނަކީ "ސައުންޑު ވޭވްސް" އެވެ. އެހެން މީހަކު ބުނަނީ ޤުރުއާނުގައި އީކުއޭޝަން ތައް ނެތީ ކީއްވެހެއްޔެވެ؟ މިހިރީ އަހަރެންމެންގެ ޙާލަތު ގޮސްފައި ވާހިސާބެވެ.
އަހަރެންގެ ކުރީގެ ވަޒީފާއަކީ ކުރެހުމެވެ. އެއްދުވަހަކު އަހަރެން ކުރަހަން އިންދާ އަހަރެންގެ ޅިޔަނެއް އައިސް އަހަރެންގެ ކައިރީ ބުންޏެވެ. "ސޫރަކުރެހުމަކީ ހަރާމް ކަމެކޭ ބައެއް މީހުން ބުނެއެވެ." އަހަރެން ބުނީމެވެ. އެއީ ބޯގޯސް މީހުން ދައްކާވާހަކައެވެ. އޭގެ ފަހުން އަހަރެން ޙައްޖު ވުމަށްޓަކައި މައްކާއަށް އައީމެވެ. މައްކާގައި އަހަރެން އުޅުނު އުޅުމުގެ ތެރޭގައި އެއްދުވަހަކު ބުކްޝޮޕަކަށް ވަނީމެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ 'މޭޖާ ސިންސް' ( ބޮޑެތި ފާފަތައް ) މިހެން ލިޔެފައިވާ ފޮތަކަށެވެ. އަހަރެން އެފޮތް ނަގައި އެފޮތުގައި އެކުލެވިގެން ވާ މައުޟޫތައް ބަލާލީމެވެ. ޤިޔާމަތް ދުވަހުގައި އެންމެ ބޮޑެތި އަޛާބުލިބޭ މީހުންގެ ތެރޭގައި ސޫރަކުރަހާމީހުން ވާކަމުގައި އެފޮތުގައިވެއެވެ. ހަދީޘްތަކުން ދަލީލު ގެނެސްދީފައި ވެއެވެ. އަހަރެންނަށް ޙަދީޘްތައް ފެނުމަށް ފަހު ދެން ޅިޔަނުކައިރީ ކުރިން ބުނިފަދައިން ބުނިނަމަ ، އަހަރެންނާއި އަބޫ ޖަހުލާއި ހުރިތަފާތަކީ ކޮބައި ތޯއެވެ؟ އެބައިމީހުންވެސް ބުނަމުން ދިޔައީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ބުއްދި ގޯސްވެފައިވާ މޮޔައެއް ކަމަށެވެ.
އަހަރެން އެބުރި ރާއްޖެ ދިޔަފަހުން އެއްދުވަހަކު އަހަރެންގެ ރައްޓެއްސަކާ ފިހާރައަކުން ދިމާވިއެވެ. އަހަރެން ވަނީ އޭނައަށް ބާޒެއްގެ ފޮޓޯޯއެއް ކުރަހަދޭން ބުނެފައެވެ. އޭނައަހަރެންގެ ކައިރީ އެ ކުރަހަދޭނީ ކޮންއިރަކުތޯ ސުވާލުކުރިއެވެ. އަހަރެން ޖަވާބު ދިނީ ،މިހާރު ދިރޭ ފުރާނަ ހުރިއެއްޗެތި ނުކުރަހާކަމުގައެވެ. އަހަރެމެންގެ ވާހަކަ އަޑުއަހަން ހުރި ފިހާރައިގެ ސޭޓު އަހަރެންގެ ކައިރީ އޭގެ ސަބަބު ބަޔާން ކުރަން އެދުނެވެ. އަހަރެންނާ އޭނައާއި ދެބަސް ވެދާނެތީވެ އަހަރެން ޖަވާބު ދިނުމަށް އިންކާރު ކުރީމެވެ. އަނެއްކާވެސް ޖަވާބު ހޯދަން އެދުމުން އަހަރެން ބުނީމެވެ. ޤިޔާމަތް ދުވަހު ސޫރަކުރަހާ މީހުން ނަކީ އެންމެ ބޮޑެތި އަޛާބު ލިބޭ މީހުން ކަމަށް ޙަދީޘް ގައި އައިސް ފައި ވެއެވެ. ސޭޓު ޖަވާބުދިނެވެ. "ތީދެން ހާދަ ޤަބޫލުކުރަން ދަތިކަމެކެވެ." އަހަރެން ބުނީމެވެ. ފެންތައްޓަކަށް މެއްސެއް ވެއްޓިޖެނަމަ އެމެހި ފެނުގެ ތެރެއަށް ކޮއްޕާލާފައި އެނަގާ އެއްލާލާފައި ބުއިމަށް ޙަދީޘް ގައި އައިސްފައި އެބައޮތެވެ. ސޭޓުޖަވާބުދިނެވެ. ތިވެސް ޤަބޫލުކުރަން ހާދަދަތި ކަމެކެވެ. އަހަރެން ޖަވާބުދިނީމެވެ. މިޒަމާނުގެ ސައިންސު އެކަން ސާބިތު ކޮށްދީފިއެވެ. ސޭޓު ވަގުތުން އެކަން ޤަބޫލުކުރިއެވެ. މީ އަހަރެމެންގެ ތެރެއިން ކިތައް މީހުންގެ ޙާލު ހުރި ގޮތްތޯއެވެ؟ އަހަރެމެންނަށް އީމާން ވެވިފަ މިތިބީ ސައިންސަށް ތޯއެވެ؟ ނުވަތަ ކާއިނާތުތަށް ހެއްދެވި މާތް ﷲ އަށް ތޯއެވެ؟ މަސް ހުސް ވާނެކަމަށް ސައިންސު ވެރީން ބުނުމުން އެކަން ޤަބޫލުކޮށްފަ، ފަހުޒަމާނުގައި ކަނޑިން ހަގުރާމަކުރާނެ ކަމަށް ޙަދީޘްގައި އައިސްފައި އޮތީމާ އެ ޙަދީޘަށް އިންކާރު ކުރެވެނީ ކީއްވެތޯއެވެ؟ އެ ޙަދީޘް ޤަބޫލުކުރަން ޖެހެނީ ސައިންސުވެރީން ބިމުއަޑިން ތެޔޮ ހުސްވާނެކަމަށް ބުނުމުން ހެއްޔެވެ؟ ޑރ ޢަބުދުލް މަޖީދުގެ ބަސް ދީނީ ލޮލަކުން ބަލާލަބަލާށެވެ. ބަލަންވީ ކުރީގެ މިނިސްޓަރުގެ ލޮލަކުން ނޫނެވެ. ތުބުޅި ދިގު ކުރުމާއި ފައިކުރި ތަބިކަށީން މަތީގައި ބެހެއްޓުމާއި އަންހެނުން މޫނު ނިވާކުރުމަކީ ފާފައެއްތޯއެވެ؟ ނުވަތަ ހިލޭ އަންހެން ކުދީންނާއި ފިރިހެން ކުދީން އެކުދީންގެ ހަޑިގަނޑުގައި ހިފަހައްޓައިގެން ތިބެ ނެށުމަކީ ދުނިޔޭގެ ކޮން ދީނެއްގެ ކޮން ފޮތަކުން، ނުވަތަ ކޮން ސައިންސަކުން ފައިދާ ހުރިކަމެއް ކަމަށް ސާބިތުކޮށްގެން އުޅޭ ކަމެއްތޯއެވެ؟
މުޖުތަމަޢުގައި ފާފަތަކާއި ނޭންގާނީކަން އިތުރުވެ މުޖުތަމައުގެ އަފުރާދުންގެ ތެރޭގައި އެކަން ޢާއްމުގެން ދިއުމުން، އެފާތަކާއި ދުރުގަ ހުންނަ މީހާއަކީ ބުއްދި ގޯސްވެ މޮޔަވެފައިވާ މީހެއްކަމަށް އެފަދަ މުޖުތަމަޢުތަކުން ދެކެއެވެ. މީގެ މިސާލުތައް ޤުރުއާނުން ވެސް ފެންނަށް އެބަހުއްޓެވެ. ލޫތުގެ ފާނުގެ ޤައުމުގެ މީހުން ނަކީ ފާޅުގައި އެއްޖިންސުން ގުޅުން ހިންގިބަޔެކެވެ. ލޫތުގެފާނު އެކަން މަނާކުރުމުން އެކަލޭގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް މަލާމާތްކުރިއެވެ. ނޫޙުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަކީ މޮޔަ ބޭފުޅެއް ކަމަށް ބުންޏެވެ. މިފަދައެތައް މިސާލެކެވެ.
ޖޯކެއްގައި ވެއެވެ. އެއްފަހަރަކު ޔޫރަޕު މީހަކު އަފްޣާނިސްތާނަށް ހިޖުރަކުރިއެވެ. އޭނާއާ އެކަމުގެ ސަބަބާމެދު ސުވާލު ކުރެވުނެވެ. އޭނާ ޖަވާބުދިނެވެ. އަހަރެން ހިޖުރަކުރި ސަބަބަކީ ކުރީގައި ޔޫރަޕުގައި އެއްޖިންސުގެ ގުޅުން ހިންގުމަކީ ހަޑިމުޑުދާރު އަދި މުޖުތަމަޢު ޤަބޫލުކުރާ ކަމެއްނޫނެވެ. ނަމަވެސް މިހާރު އެކަމާ ނުރުހޭ މީހަކީ ނަފްސާނީ ބައްޔެއް ނުވަތަ ކޮންމެވެސް ފޯބިޔާއެއް ހުރި މީހެކެވެ. އަހަރެން ބިރުގަތީ އަދި ފަހުން އެއްޖިންސުގެ ގުޅުން ހިންގުމަކީ މަޖުބޫރުކަމަކަށް ވެދާނެތީއެވެ.
މިހާރު އަހަރެންމެންގެ ރާއްޖޭގައިވެސް ޒިނޭއާއި މަސްތުވާތަކެތި ބޭނުން ކުރުން މިވަނީ އާންމުވެފައެވެ. މީހުންމެރުމާއި އަމިއްލައަށް މަރުވުން ޢާއްމުވަނީއެވެ. އެކަންކަމަކީ ބޮޑެތި ކަންކަމަކަށް އަހަރެންމެން ނުދެކެމުއެވެ. ދީން އުގެނިގެން ތިބި މީހުންނާއި ނުއުުގެނި ތިބި މީހުންނާއި ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ޑޮކްޓަރުން، އަހަރެންމެންގެ މުޖުތަމަޢުގައި ފެތުރޭ މިފަދަ އިޖުތިމާއީ ވަބާތަކުން މުޖުތަމަޢު ސަލާމާތް ކުރެވޭތޯ އަތުގުޅާލަމާތޯއެވެ.
އަހަރެމެންގެ ސިކުނޑިއަށް ވަންނަ މެސެޖު ތަކަކީ ރަނގަޅު މެސެޖުތަކަކަށް ހަދަމާތޯއެވެ. ނޭގި ތިބެ މަގު އޮޅި، ބޮއް މަރުވިހެން މަރު ނުވުމަށްޓަކައެވެެ. އަހަރެމެން ލޮލުން ބަލަނީ، އަދި ކަންފަތުން އަޑު އަހަނީ، ﷲ ރުއްސަވާ ތަކެތި ނަމަ އަހަރެމެންނަށް އަހަރެމެންގެ ސިކުނޑި އަށް އެދެވެނީ ރަގަޅު މެސެޖުތަކެކެވެ.
އިސްލާމީ އުޚުތުންނޭވެ. ތިޔަ އުޚުތުންނަކީ ޢިޖުތިމާއި ބަލިފަތުރާ ޖަރާސީމެއްނޫނެވެ. ތިޔަ އުޚުތުން ﷲ އެންގެވިފަދައިން ޢައުރަ ނިވާ ނުކުރުމުން ތިޔަ އުޚުތުންގެ ހަށިގަނޑަށް ޙަމަލަދެނީ ޖަރާސީމުތަކެވެެ. އިސްލާމްދީން ތިޔަ އުޚްތުންގެ ގައިގައި ހިރަފުސްވެސް ބީހިލަން ބޭނުން ނުވެއެވެ. އެހާވެސް މަތީ ޤަދަރެއް ދެވިފައިވާބަޔެކެވެ. ޝަހުވަތުން ފޯވެ މަސްތުވެފައިވާ ލޯތަކުން ތިޔަ އުޚުތުން ގެ ޢައުރަތައް ނިވާކުރާށެވެ. ހަށިތައް ރައްކާކުރާށެވެ. އެފަދަ ލޯތަކަށް ތިމާއާ ދިމާއަށް ހުއްޓި އެމީހުންގެ އުފަލަކަށް ތިމާ ނުވޭތޯ ބަލަމާ ހިނގާށެވެ. އަހަރެންމެން ދުނިޔެއަށް އައިސް މިތިބީ އެފަދަ ލޯތަކަށް އުފާކޮށްދެންތޯއެވެ؟ ނޫނެކެވެ. ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ފާހިޝް ލޯތަކުގެ މެސެޖުތަކުގެ ސަބަބުން ތިމާ ހަލާކުވެދާނެއެވެ. ޢައުރަ ނިވާ ނުވާގޮތަށް ހުރުމުން އެފަދަ މީހުން ތިމާއަށް އެކަމަށް ސަޕޯޓު ކުރެއެވެ. ސަޕޯޓުގެ މެސެޖުތައް ފޮނުވައެވެ. މިކަންކަމުގެ ސަބަބުން ފުރިހަމައަށް ޢައުރަ ނިވާނުކުރުމަކީ ތިމާ ކުރާހިއްވާ ކަމަކަށްވެ، އާދައަކަށް އެކަން ބަދަލުވެއެވެ. މަހެއް ފެނަށް ދިރުވާ ޓޭންކަކަށް ލާ ،އެއަށް ބަލަން އިންނަ ފަދައިން ތިބާވެސް އެފަދަ ޓޭންކަކަށްލާ ނުވަތަ ތިބާގެ ފޮޓޯއެއް ފޮޓޯ ފުރޭފަމަކަށް ލާ ނުވަތަ އިންޓަނެޓުގައި ތިބާ އިސްތިހާރު ވާން ބޭނުން ތޯއެވެ؟ ޑީޖޭ ތަކުގައި ފިރިހެން ކުދިންނަށް 300 ނުވަތަ 500 އަށް ޓިކެޓު ވިއްކާފައި ތިޔަ އުޚުތުން ނަށް ހިލޭ ވަދެވެނީ ކީއްވެތޯއެވެ؟ އަބަދުވެސް ވިސްނާށެވެ. ވަޙީއެއް ނެތް ބުއްދިއަކީ މަގުގެއްލިގެން ދާނެ ބުއްދިއެކެވެ. "ވަޅު ކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ." ނަމަވެސް އެދާންޏަކީ ﷲ ނަހީކުރައްވާފައިވާ ފާފައެއް ނަމަ އެ ކައްޓަފުޅިވެސް ސިހޭނެއެވެ. އެއީ ވެސް މާތް ﷲ މިކާއިނާތުގައި ލެއްވި މަޚުލޫޤެކެވެ.

No comments:
Post a Comment